ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީ މިމަސް ނިމުމުގެ ކުރިން ފޮނުވަން އަންގައިފި

5 އޮކްޓޯބަރ 2020 - 13:24

ދައުލަތަށް ހަރު މުދަލުގެ ގޮތުގައި ލިބޭ ތަކެތީގެ ރަޖިސްޓްރީއެއް މިމަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް އެ މިނިސްޓްރީން ސަރުކާރުގެ އޮފީސް ތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ދައުލަތުގެ ހަރު މުދާލާއި ގުޅޭ ސާކިއުލާއެއްގައި ބުނާ ގޮތުގައި ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑުކޮށްފައިވާ ދައުލަތުގެ ހަރު މުދަލުގެ މައުލޫމާތު ފުރިހަމަކޮށް، އަދަދު ހަމަ ކުރުމަށްޓަކައި ދައުލަތުގެ އޮފީސްތަކުގައި 2019 ނިޔަލަށް ބޭނުން ކުރަމުންދާ ހަރު މުދަލުގެ ރަޖިސްޓްރީއެއް އެ މިނިސްޓްރީއަށް މި މަހުގެ ނިޔަލަށް ފޮނުވައިދޭން އެދޭ ކަމަށެވެ. މި މައުލޫމާތު ފޮނުވުމުގައި އެސެޓް ނަމްބަރު އެނގޭ ނަމަ އެ ނަމްބަރު ވެސް ހިމަނައިގެން މައުލޫމާތު ފޮނުވަން އެ މިނިސްޓްރީން އެދިފައިވެ އެވެ.

advertisement

ދައުލަތުގެ ހަރު މުދާލާއި ގުޅޭ ސާކިއުލާއެއްގައި ބުނާ ގޮތުގައި 2009 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ދައުލަތުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކުރަން ފެށުމާއި ގުޅިގެން، އެ ތާރީހުން ފެށިގެން ދައުލަތުގެ ހަރުމުދަލުގެ މައުލޫމާތު ބަލަހައްޓާނީ މި ސިސްޓަމް މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން ހަރުމުދަލުގެ ރަޖިސްޓްރީއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0