ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

7 އޮކްޓޯބަރ 2020 - 17:27

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 7 ވަނަ އަދަދުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އޯރކާ މީޑިއާ ގްރޫޕުން ހުޅުވާލައިފިއެވެ. 

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހައި ގެސްޓްހައުސްތަކަކަށް މި މެގަޒިންގައި ހިލޭ ފީޗާ ކުރެވޭނެއެވެ. ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން ކުރިން ނެރެމުންއައީ ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ ނަމުގައެވެ. މި މެގަޒިންއަކީ 2015 އިން ފެށިގެން ނެރެމުންއަންނަ މެގަޒިންއެކެވެ. މިއީ ރާއްޖޭގެ ލޯކަލް އައިލެންޑް ޓޫރިޒަމަށް އަމާޒުކޮށްގެން ޕްރިންޓްކޮށްގެން ނެރޭ މިފަދަ ފުރަތަމަ މެގަޒިންއެވެ.

advertisement

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގައި ގެސްޓްހައުސްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެކަމަށް ޙާއްސަކޮށްފައިވާ ލިންކުން ރަޖިސްޓްރީކުރެވޭނެއެވެ.

މި މެގަޒިން ނެރެނީ އަހަރަކު 1 ފަހަރުއެވެ. މި މެގަޒިން ނެރުމުގެ ބޭނުމަކީ ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓްހައުސްތަކުގެ މައުލޫމާތު ފޯރުކޮށްދީ ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމެވެ. މި މެގަޒިންގެ 5000 ކޮޕީ ޕްރިންޓްކޮށް ހިލޭ ބޭނުންވާ ފަރާތްތަކަށް ބަހާނެއެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނެއެވެ. މީގެއިތުރުން މި މެގަޒިން ދުނިޔޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ފެއަރތަކުގައިވެސް ބަހާނެއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއިން ރާއްޖެ ޕްރޮމޯޓްކުރުމަށްވެސް މި މެގަޒިން އަންނަނީ ބޭނުންކުރަމުންނެވެ. ރާއްޖޭގައި މިހާރުވެސް 600 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ރަޖިސްޓްރީކޮށް ހިންގަމުންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0