ކޯވިޑް-19 ކޮންޓްރޯލުކުރުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން: އެޗްޕީއޭ

11 އޮކްޓޯބަރ 2020 - 13:20

ކޯވިޑް-19 ކޮންޓްރޯލުކުރުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ މަސައްކަތަށް އާންމުންގެ ފަރާތުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

advertisement

ކޯވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި އެޗްއީއޯސީއާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓުކުރާއިރު ދެމުންދާ ހިދުމަތްތަކަކީ ވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގައި ދެމުންދާ ހިދުމަތްތަކެއް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން އެކި ހާލަތްތަކުގައި އެ ފަރާތްތަކުން ގާތުން މައުލޫމާތު ސާފުކޮށް އޮޅުންފިލުވާއިރު ފޯރުކޮށްދޭ ހިދުމަތަކީވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގެ ހިދުމަތްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ވޮލެންޓިއަރުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މި ހާލަތުގައި ފޯރުކޮށްދޭ ހިދުމަތީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0