ހުޅުމާލެ ދަނޑުވެރިކަމުގެ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

14 އޮކްޓޯބަރ 2020 - 11:52

ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

“ކޮމިއުނިޓީ އަރބަން ފަރމިންގ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ބައިވެރިވެވޭނީ 3 މީހުންގެ ފްރޫޕް ހަދައިގެންކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި ޕްރޮޖެކްޓްގައި 600 އަކަފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޮޓަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 29 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. 18އަހަރުން މަތީގެ، ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ތިންމީހަކަށްވެސް ގުރޫޕްހަދައި ޕްލޮޓަށް އެދި ހުށައެޅޭނެއެވެ. ކޮންމެ ގްރޫޕަކުން ހުށައެޅޭނީ އެއް ފޯމެވެ. އަދި ކޮންމެ ވަކި ފަރުދަކަށް ބައިވެރިވެވޭނީވެސް އެއް ގްރޫޕްގައެވެ.

މި 16 ޕްލޮޓްގެ %40 ޚާއްސަކޮށްފައި ވަނީ އަންހެނުން ނަށެވެ. ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް %30 އަދި އާއްމުކޮށް ހުޅުވާލައިގެން %30 ޕްލޮޓް ދޫކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ހުޅުމާލެ “ނެއިބަހުޑް 3” ސަރަޙައްދުގައެވެ.

މަޝްރޫޢު ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިންމަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެއެވެ. 2 ވަނަ ފިޔަވަހި ކަމަށްވާ ހަތަރުވަނަ މަހުން ފެށިގެން 3މަސްދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި ހަތްވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500ރުފިޔާ ފީއެއް ދައްކަން ޖެހޭނެއެވެ.

ފުރަތަމަ ހަމަސްދުވަހަށް ބަހާލައިގެން 25 ކިލޯގެ 25 ބަސްތާ ގަސްކާނާ ކޮންމެ ޕްލޮޓަކަށް ދޭނެއެވެ. އަދި 3 މަހު ފެނާއި ކަރަންޓުގެ ޚަރަދަށް ހޭދަކުރުމަށް 500ރުފިޔާގެ އެލަވަންސެއް ދޭނކަމަށް އެޗްޑީސީން ބުނެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0