ވަރޗުއަލް އިވެންޓް ބާއްވާ ޕްލެޓްފޯމްއެއް “ހެއި އިވެންޓްސް” އިން ތައާރަފްކޮށްފި

18 އޮކްޓޯބަރ 2020 - 15:47

ހެއި އިވެންޓްސްއިން ވަރޗުއަލް އެކްސްޕޯ ބާއްވާ ޕްލެޓްފޯމްއެއް ތަޢާރަފްކޮށްފިއެވެ. “hei.events” ގެ ނަމުގައި ތައާރަފްކުރި މި ޕްލެޓްފޯމް މެދުވެރިކޮށް އެކްސްޕޯއާއި، ކޮންފަރެންސްއާއި، އެގްޒިބިޝަން އަދި ކޮންވެންޝަންތައް ވަރޗުއަލްކޮށް ބޭއްވޭނެއެވެ.

ހެއި އިވެންޓްސްއަކީ އިވެންޓްތައް ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން އޯރކާ މީޑިއާ ގްރޫޕުން ތައާރަފްކުރި ޕްލެޓްފޯމްއެކެވެ. އޯރކާ މީޑިއާ ގްރޫޕަކީ މާކެޓިންގ އަދި މީޑިއާގެ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެކެވެ.

advertisement

މި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަރޗުއަލްކޮށް އެމީހުންގެ އެކި އިވެންޓްތައް ބޭއްވޭނެއެވެ. މި އިވެންޓްތަކުގެ ތެރޭގައި އެމީހުންގެ އުފެއްދުންތައް ދައްކާލައި، ޕްރެޒެންޓޭޝަންތައް މެދުވެރިކޮށް ޙިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.

އޮންލައިންކޮށް ބާއްވާ ގިނަ ހަރަކާތްތަކަކީ ވެބިނަރތަކުގެ ގޮތުގައި ބާއްވާ ހަރަކާތްތަކެވެ. ނަމަވެސް ހެއި އިވެންޓްސް މެދުވެރިކޮށް އެގްޒިބިޝަންތަކާއި ފެއަރތައް ބޭއްވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ހެއި އިވެންޓްސް ޕްލެޓްފޯމް ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ އެގްޒިބިޝަންތައް އޮންލައިންކޮށް ބޭއްވުމުގެ މަގު ފަހިކޮށްދީ ހަރަދު ކުޑަކޮށް މިކަން ކުރެވޭނެ މަގު ކުންފުނިތަކަށް ފަހިކޮށްދިނުމެވެ. ހެއި އިވެންޓްސް މެދުވެރިކޮށް އިވެންޓް ބޭއްވުމުގެ ސަބަބުން 10 އިންސައްތަ ހަރަދު ކުޑަވެގެންދާނެއެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ގިނަ ބަޔަކަށް ވާސިލްވެވޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ “ޓީޓީއެމް މޯލްޑިވްސް 2020” އެވެ. މި އިވެންޓް އޮންނާނީ ނޮވެމްބަރ މަހުގެ 25 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0