ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ކެންޕެއިނެއް ފަށައިފި

20 އޮކްޓޯބަރ 2020 - 13:04

ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ކެންޕެއިނެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީން މި ކެންޕެއިން ކުރިއަށްގެންދަނީ ފްރާންސްގެ އެންމެ މަޝްހޫރު އެއް ޓްއަރ އޮޕަރޭޓަރ ވެރީސީކްއާއިއެކު އެވެ.

ވެރީޝީކްއާއިއެކު ކުރިއަށްގެންދާ މި ކެންޕެއިންގެ މަޤްސަދަކީ ކޯވިޑް19 ގެ ހާލަތުގައި ފްރާންސްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް  އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހަރުކޮށް، އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

advertisement

މި ކެންޕެއިންގެ ތެރެއިން ވެރީޝީކްގެ ޑޭޓާ ބޭސްއަށް އަމާޒުކޮށްގެން ދިވެހިރާއްޖެއަށް ޙާއްސަ ނިއުސްލެޓަރއެއް ފޮނުވާނެއެވެ. މި ނިއުސްލެޓަރގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްކަން ބުނެދީ ރާއްޖެ އުފެދިފައިވާގޮތުން މިދަނޑިވަޅުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ ސަލާމަތްތެރިކަން ލިބިދޭނެކަމަށް ބުނެދޭނެއެވެ. އަދި ރާއްޖެއިން ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންކަން ބުނެދީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން މަޤްބޫލު ޖަޒީރާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ.

ވެރީޝީކްގެ ވެބްސައިޓަށް މަހަކު 1.5 މިލިއަނެއްހާ މީހުން ޗުއްޓީ ދަތުރު ޕްލޭންކުރުމުގެ މައުލޫމާތު ހޯދައި އެކި މަންޒިލްތައް ހޯދުމަށް ބޭނުންކުރެއެވެ. ދިވެރިރާއްޖެއާއިބެހޭ ނިއުސްލެޓަރ ވެރީޝީކްގެ ޑޭޓާބޭސްގެ 500،000 އެޑްރެސްއަށް ފޮނުވޭނެއެވެ. މި ނުއުސްލެޓަރ ވެގެންދާނީ ޗުއްޓީ ހޭދަކުރުމަށް އައު މަންޒިލް ހޯދަމުން އަންނަ ފްރާންސްގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ތަފާތުކަން ދައްކާލައި ދިވެހިރާއްޖެއާއިމެދު އެމީހުންގެ ޝައުޤުވެރިކަން އިތުރުކުރާނެކަމަކަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިދިޔަ އަހަރު ފްރާންސުން ދިވެހިރާއްޖެއަށް 59،732 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެޤައުމު ހިމެނިފައިވަނީ 7 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ފްރާންސުން ރާއްޖެއަށް 820 ފަތުރުވެރިން މިހާތަނަށް ވަނީ އައިސްފައެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0