އުލިގަމު ޔޮޓު މެރީނާއާއި ސިޓީ ހޮޓާ މަޝްރޫއުގެ ޕްރީބިޑް މީޓިންގ އަންނަ ބުރާސްފަތި ދުވަހު

20 އޮކްޓޯބަރ 2020 - 13:37

ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ޕްރީބިޑް މީޓިން މި މަހުގެ 22 ގައި އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށްކަމަށެވެ.

advertisement

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން، ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ. 

މި މަޝްރޫއަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0