ވޭވަށު ބަނދަރުގެ 45 އިންސައްތަ ނިމިއްޖެ – އެމްޓީސީސީ

21 އޮކްޓޯބަރ 2020 - 16:31

މ. ވޭވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 60،839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ.

advertisement

އެމްޓީސީސީއަށް މ. ވޭވަށު ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. މި މަޝްރޫއުގެ  އަގަކީ 48.8 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0