ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ކޯޓާ ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި

25 އޮކްޓޯބަރ 2020 - 13:03

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރާ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ކޯޓާއަށް އެދޭއިރު ހުށައަޅަންޖެހޭ މަސައްކަތް ކުރާ ތަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފައިވާ ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް މިހާރު ހުށަހެޅިދާނެ ކަމަށެވެ.

ނޯޓަރައިޒް ނުކޮށް މި ފޯމް ސިވިލް ކޯޓުގައި ނުވަތަ މެޖިސްޓްރޭޓު ކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހު ހުށަހެޅިދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަޒީފާ ދޭ ފަރާތްތަކުގެ ދަތިތަކެއް ހުރި ކަމުގައިވިޔަސް މިކަން ކުރަނީ އިންޑަސްޓްރީގެ ހުރިހާ ފަރާތެއްވެސް ޝާމިލްވާ ގޮތަށް، އިގްތިސޯދަށް އެންމެ ރަނގަޅު ވާނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބިދޭސީން ގެނައުމަށް ކޯޓާ ދޭނީ އެކަމަށް ޤާބިލް ދިވެހިން ނެތްކަމުގައިވާނަމަކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

advertisement

އިކޮނޮމިކް މިނިސްޓްރީން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޙާއްސަކޮށްގެން ރެގިއުލަރައިޒޭޝަން ޕްރޮގުރާމްތައްވެސް ކުރިއަށްގެންދަމުންނެވެ. އަދި މިހާތަނަށް ޤަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ޤައުމަށްވެސް ވަނީ ފޮނުވާލާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0