ޒިޔާދާގެ ރޭޕްކުރި ކަމުގެ ތުހުމަތުގައި ޖަލަށް ހުކުމް ކުރި އޭނާގެ ކުރީގެ ފިރިމީހާ މަރުވެއްޖެ

26 އޮކްޓޯބަރ 2020 - 9:53

ޖިންސީ އަނިޔާތަކުގެ ސަބަބުން 2015 ވަނަ އަހަރު ނިޔާވި ގދ. ތިނަދޫ ޒިޔާދާ ނައީމއަށް އެ އަނިޔާތައް ދިން ކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް އިއްވާފައި ހުރި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހީމް ޝާހް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ޝާހް ކުއްލި ގޮތަށް މަރުވީ ގދ. ތިނަދޫ ދޯންޏަކުން މަހަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށެވެ. އޭނާ މަރުވީ މަސް ބާނައިގެ ކޫއްޑޫ އަށް މަސް ކިރަން ދިޔަ މަގުމަތީގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.

advertisement

ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޝާހް މޭގައި މަހަކުން ޖެހިގެން ތަދުވާތީ އުޅުނު ކަމަށެވެ. އޭނާ މަހަށް ފުރީ އޭނާގެ މައްޗަށް މި މަހުގެ ތެރޭގައި ކުރި ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ނުޖެހޭ ކަމަށް ކަރެކްޝަނުން ބުނުމާ ގުޅިގެންނެވެ.

ޒިޔާދާ އަށް ކުރި ޖިންސީ އަނިޔާއާ ގުޅިގެން ޝާހް ތިން އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުއްޓެވެ. އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތު ނުވި ނަމަވެސް ދައުލަތުން އެ ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން މި މަހުގެ 1 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ޝަރީއަތުގައި ޝާހްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމްކުރީ އަނބިމީހާ ރޭޕްކުރުމުގެ ކުށެވެ. މިއީ މިފަދަ ކުށެއް ކޯޓުގައި ސާބިތުވި ފުރަތަމަ ފަހަރެވެ.

ޑިސެމްބަރު 2015ގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ޒިޔާދާ މަރުވި މައްސަލާގައި ޝާހްގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއް ހައި ކޯޓުގައި އެބަ އޮތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0