މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 258 މިލިއަން ރުފިޔާގެ ފައިދާއެއް

1 ނޮވެމްބަރ 2020 - 13:38

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބާލައިރު 34.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ.

advertisement

ބީއެމްއެލުން ނެރުނު “ކުއާޓާލީ” ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް ލިބުނު ސާފު ފައިދާ ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 152.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބީއެމްއެލްއިން ބުނީ މި ހިނގާ ކުއާޓާ ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރަކަށެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުކެނދުމެއް ނެތި ލިބެމުންދާނެއެވެ.

ބީއެމްއެލްގެ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 646 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 639 މިލިއަން ރުފިޔާ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0