މިދިޔަ އާދިއްތަ ދުވަހު ވީއައިއޭގެ ފުލައިޓް މޫމަންޓްސް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

3 ނޮވެމްބަރ 2020 - 12:06

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އާދިއްތަ ދުވަހު ވީއައިއޭއަށް 227 ފްލައިޓް ވަނީ ޖައްސާ އަދި ފުރާފައެވެ. މިއީ ކޯވިޑް19 އަށްފަހު އެއަރ ޓްރެފިކް މޫމަންޓް މަހާބޮޑުތަނުން އިތުރުވި ފުރަތަމަ ފަހަރެވެ.
މީގެތެރޭގައި ހިމެނެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ 69 ފުލައިޓު މޫވްމަންޓާއި، ސީޕްލޭންގެ 158 އެއަރ ޓްރެފިކް މޫވްމަންޓެވެ. އެއަރ ޓްރެފިކް މޫވްމަންޓަކީ، އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދެވެ.

advertisement

އާދިއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓުތަކުގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައިވާއިރު، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީވެސް އެދުވަހުއެވެ.
މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 1،582 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހުގެ 28ވަނަ ދުވަހާއި ހަމައަށް އައިއިރު މި އަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0