ޒަރޫރީ ބޭނުމަކަށް ނޫން ނަމަވެސް މާލެ ސަރަހައްދުން ރަށް ރަށަށް ދެވޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލަށް ބަދަލުގެނެސްފި

9 ނޮވެމްބަރ 2020 - 12:47

މާލެއިން ކޮވިޑް19ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެއިން ރަށަށް ދެވެނީ ހަމައެކަނި ޒަރޫރީ ބޭނުމަކަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ހޯދައިގެންކަމަށް ކަނޑައެޅިއެވެ.

ނަމަވެސް މި އުސޫލަށް ބަދަލުގެނެސް، ޒަރޫރީ ހާލަތެއް މެދުވެރި ނުވި ނަމަވެސް، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ލުއި ދީފަ އެވެ. އުސޫލަށް ލުއި ދިން ނަމަވެސް ރަށަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކޮށް، ކޮވިޑް19 އަށް ޓެސްޓު ކުރަން ޖެހޭނެ އެވެ.

advertisement

އަދި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ރަށްރަށަށް ދިއުމަށް އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަންޖެހޭނެ އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް ލުއިތަކެއްވެސް ދީފަ އެވެ. އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން 15 މީހުންނަށްވުރެ ގިނަ ނުވާނެހެން އެއްވެވޭ ގޮތަށް ވެސް ވަނީ ލުއި ދީފަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0