އޭރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރުކުރަނީ

11 ނޮވެމްބަރ 2020 - 11:01

އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

ކޯވިޑް19 އަށްފަހު އޭރޯފްލޮޓްއިން ރާއްޖެއަށް ދަތުރު ފެށިއިރު އެ އެއަރލައިނުން ބާއްވަމުންއައީ ހަފްތާއަކު 2 ފްލައިޓެވެ. ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަނީ ހަފްތާއަކު 4 ދަތުރަށް އިތުރުކޮށްފައެވެ.

advertisement

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހު އަނެއްކާވެސް އޭރޯފްލޮޓުން އިތުރު 4 ފްލައިޓް އަނެއްކާވެސް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއިއެކު ހަފްތާއަކު 8 ފްލައިޓް އޭރޯފްލޮޓުން ރާއްޖެއަށް ކުރާނެއެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއިއެކު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހާއި އާދިއްތަދުވަހުގެ އިތުރުން ހޯމަ، އަދި ހޮނިހިރުގައިވެސް ދަތުރުތައް ކުރާނެއެވެ.
އޭރޯފްލޮޓުން ރަޝިޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރަނީ ރަޝިޔާގެ ޝެރެމެޓޭވޯ އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ.

ޖުލައި 15 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް ޖުމްލަ 9519 ފަތުރުވެރިން ވަނީ އައިސްފައެވެ. ރަޝިއާ އަކީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0