ޝިޕިން އެޖެންޓުންގެ ޤަވައިދު އަލުން އެކުލަވާލާ ގެޒެޓްކުރުމަށް ފޮނުވައިފި

15 ނޮވެމްބަރ 2020 - 12:02

ޝިޕިން އެޖެންޓުންގެ ގަވާއިދު އަލުން ހެދުމަށް ފަހު މިހާރު ގެޒެޓް ކުރުމަށް ފޮނުވާފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޝިޕިން އެޖެންޓުންގެ ގަވައިދު ހެދީ ވަރަށް ގިނަ ވިޔަފާރިވެރިންގެ އެދުމުގެ މަތިންކަމަށެވެ. ނަމަވެސް ގަވާއިދު ހަދާ ނިންމިއިރު އޭގައި ގާނޫނީ ބައެއް މައްސަލަތައް ހުރި ކަމަށާ އަދި ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކަންވާ ވަރަށް ނުދެއްކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށެވެ.

އެ ގަވާއިދު އަލުން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އެންގާފައިވާތީ، ގަވާއިދާމެދު އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދުމުން އެ ގަވާއިދު ގެޒެޓް ނުކޮށް އިސްލާހު ކުރަން ލަފާ ދެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގަވާއިދު އުވާލާ އާ ގަވާއިދެއް ހަދައި މި ގަވާއިދު މިހާރު ރިވިއުކޮށް އަލުން ގެޒެޓަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

advertisement

އެންމެ ފުރަތަމަ ހެދި ޝިޕިން އެޖެންޓުންގެ ގަވައިދު، މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ވަނީ އުވާލާފަ އެވެ. ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު އުވާލީ ޤަވާޢިދު ގެޒެޓްކުރުމާއި ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން، ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0