މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު %51 ދަށްވެއްޖެ

16 ނޮވެމްބަރ 2020 - 12:41

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު %51 ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޯބަރު މަހު 2.1 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިންޕޯޓްކޮށްފައެވެ. ނަމަވެސް މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ. އެހެންކަމުން މިއީ 51 އިންސައްތައިގެ ދަށްވުމެކެވެ.

advertisement

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް ވަނީ 41 އިންސައްތަ ދަށްވެފައެވެ. މިދިޔަ މަހު އިންޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބިފައިވަނީ 174 މިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު މިއަދަދު އުޅުނީ 295 މިލިއަނުގައެވެ.

އިމްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ދަށްވިނަމަވެސް މިދިޔަމަހު އެކްސްޕޯޓް ވަނީ 5 އިންސައްތަ މަތިވެފައެވެ. މިދިޔަ މަހު ރާއްޖެއިން 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 289 މިލިއަން ރުފިޔާގެ މުދަލެވެ.


މިދިއަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި އިންޑިއާ ޗައިނާ، ސިންގަރޫޕު އަދި އިނގިރޭސިވިލާތެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާއަށްކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0