ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ ޕާޓްނަރުން ކަނޑައަޅައިފި

22 ނޮވެމްބަރ 2020 - 14:16

ޓީޓީއެމް މޯލްޑިވްސް 2020 ވާޗުއަލްގެ ޕާޓްނަރުން ކަނޑައަޅައިފިއެވެ.

ވަރޗުއަލްކޮށް ބާއްވާ މިއަހަރުގެ ޓީޓީއެމް މޯލްޑިވްސްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސްއެވެ. އުރީދޫ މޯލްޑިވްސް ޓީޓީއެމްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ އުރީދޫގެ ފަރާތުން އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒްއެވެ.

advertisement

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ސަރުކާރުގެ މުވައްސަސާތަކާއި ބައެއް އެސޯސިއޭޝަންތަކުން ވަނީ އެންޑޯޒްވެސް ކޮށްފައެވެ. އެގޮތުން އެންޑޯޒިންގ ފާޓްނަރުންނަކީ ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސްއެވެ.

މިއަހަރުގެ އިވެންޓްގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ ހައިޑްވޭ ބީޗް ރިސޯޓް އެންޑް ސްޕާ، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ، ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ، އަދާރަން ރިސޯޓް، ކްރައުން އެންޑް ޗަންޕާ ރިސޯޓް، ސިނަފް، އަލްޝާލީ މެރިން، ދަ ހޮކްސް، ދިވެހި އިންޝުއަރެންސް، ވޮޔޭޖަސް މޯލްޑިވްސް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް، އަދި ޕްރިންޓްލެބް ކްރިއޭޓިވް އެންޑް ވެސްޓްރަޑް އެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއަރގެ ތެރެއިން 150 ރިސޯޓާއި ހޮޓެލްއިން ބައިވެރިވާނެއެވެ. މި ފެއަރ ކޮންމެ އަހަރަކުވެސް އަންނަނީ ބާއްވަމުންނެވެ. މިއީ ޓީޓީއެމް ބާއްވާ 4 ވަނަ އަހަރެވެ. މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 25 އިން 26 ގެ ނިޔަލަށް އޮންލައިންކޮށްނެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވަރޗުއަލްގެ ތެރެއިން އެގްޒިބިޓަރުންނާއި ޓްރޭޑް ވިޒިޓަރުންނާއި ދެމެދު ޕްރީ ޝެޑިއުލްޑް ބައްދަލުވުންތައް އޮންނާނެއެވެ. ޓީޓީއެމް މޯލްޑިވްސް ވަރޗުއަލް ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއަރ މެދުވެރިކޮށެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާގެ އުފެއްދުމެކެވެ. އޯރކާ މީޑިއާ ގްރޫޕްއަކީ މީޑިއާ އަދި މާކެޓިންގ ގެ ދާއިރާގައި ރާއްޖޭގައި ފުޅާދާއިރާއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0