ޝިޕިން އެޖެންޓުންގެ ރަޖިސްޓްރީ ކަސްޓަމްސް އަށް ހުށަހަޅަން އެދެފި

2 ޑިސެމްބަރ 2020 - 14:40

ޝިޕިން އެޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ކަމުގެ ލިޔުން ކަސްޓަމްސް އަށް ހުށަހަޅަން އެދެފިއެވެ. ދާދިފަހުން ގެޒެޓްކުރި ޤަވައިދުގައި ބުނާގޮތުން ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ޝިޕިން އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

advertisement

ނޮވެމްބަރ މަހުގެ 26 ގައި ގެޒެޓު ކުރި އެ ގަވާއިދުގެ ދަށުން، މި މުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ 26 ނޮވެމްބަރުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ކަސްޓަމްސް އަށް ހުށައަޅަން ޖެހޭނެކަމަށެވެ.

މީގެ އިތުރުން 26 ނޮވެމްބަރުން ފެށިގެން 30 ދުވަހުގެ ފަހުން ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން، އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އާކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުއްޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަސްވެސް އިއުލާނުގައި ވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0