ސިލްކް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

2 ޑިސެމްބަރ 2020 - 14:42

ސިންގަޕޯރ އެއަރލައިންސްގެ ދަށުން އޮޕަރޭޓްކުރާ “ސިލްކް އެއަރ”ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ސިލްކް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ.

ސިލްކް އެއަރއިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ދަތުރުތައް ކުރާނީ ޗަންގީ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

advertisement

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުގެ ކުރިން ސިންގަޕޯރ އެއަރލައިންސް އަދި ސިލްކް އެއަރލައިންސްއިން ދިޔައީ ހަފްތާއަކު 16 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ.

ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 1984 ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އަދި ސިންގަޕޯރ އެއަރލައިންގެސް ދަށުން އޮޕަރޭޓުކުރާ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 18 އެއަރލައިންއަކުން ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0