މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް

6 ޑިސެމްބަރ 2020 - 13:29

މޯލްޑިވްސް މެރިން އެކްސްޕޯ- ވާޗުއަލްގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އަލްޝާލީ މެރިން މޯލްޑިވްސް ވަނީ މީގެ ކުރިން ވެސް މެރިން އެކްސްޕޯގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

advertisement

މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނީ މިމަހުގެ 20 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލް ކޮށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މެރިން ދާއިރާގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ ތީމްއަކީ ސެލެބްރޭޓިންގ މެރިން ހެރިޓޭޖްއެވެ. މިއަހަރުގެ މެރިން އެކްސްޕޯގެ ތެރެއިން އިންޓަނޭޝަނަލް އޯޑިއަންސް ބޮޑުކުރުމުގެ ގޮތުން މާކެޓިންގ ކެންޕެއިންއެއްވެސް ކުރިއަށްދާނެއެވެ. މީގެއިތުރުން މެރިން އެކްސްޕޯގެ ވަރޗުއަލް އެޑިޝަންގެ ތެރެއިން ބޯޓިން އެވޯޑްސްވެސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 6 ވަނަ އަހަރެވެ.

ރިއެކްޝަންސް
0
0
0
0
0
0
0