ރިލީސް ސާމްޕަލް ނެގުން މާލޭ ހިޔާ 2 ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކަށް ބަދަލުކޮށްފި

6 ޑިސެމްބަރ 2020 - 14:50

ކަރަންޓީނުން ދޫކޮށްލުމުގެ ކުރިންނަގާ ރިލީސް ސާމްޕަލް ދެން ނަގާނީ މާލެ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މިދިޔަ ޖުލައިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރިލީސް ސާމްޕަލް ނަގަމުން އައިސްފައިވަނީ މާފަންނު މަދަރުސާގައެވެ.
މާލެ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުން ރިލީސް ސާމްޕަލް ނަގަމުންދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 1:00 އަށް، އަދި ހަވީރު 5:00 ން ރޭގަނޑު 9:00 އަށެވެ. ހުކުރު ދުވަހު ރިލީސް ސާމްޕަލް ނަގާނީ ހަވީރު 5:00 ން ރޭގަނޑު 9:00 އަށެވެ.

މާލެ ހިޔާ ފުރަގަހުގައި ހަދާފައިވާ ކްލިނިކްގެ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މާރޗު މަހުގެ 10 ވަނަ ދުވަހުއެވެ. މި ކްލިނިކް ފުރަތަމަ ޚާއްސަކުރީ ޓްރެވަލް ކްލިނިކެއްގެގޮތުގައި ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމަށް އެކަންޏެވެ. ނަމަވެސް ފަހުން ވަނީ ފްލޫ ކްލިނިކެއްގެ ގޮތުގައި ބަދަލުކޮށް، އާއްމުންގެ ތެރެއިންވެސް ހުމާ ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށާއި، ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0