އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 164.3 މިލިއަން ދޫކޮށްފި

16 ޑިސެމްބަރ 2020 - 17:18

އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި ދައުލަތުން މިހާތަނަށް 164.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށް ވަޒީފާ ގެއްލިފައިވާ މީހުންނަށް ޙާއްސަ އިނާޔަތެއް ދިނުމުގެ ގޮތުން ސަރުކާރުން ދެމުންއަންނަ އެލަވަންސްއެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް 13،177 ފަރާތަކަށް އިންކަމް ސްޕޯޓް އެލަވަންސް ދޫކޮށްފައެވެ. މިގޮތުން ދޫކުރި ފައިސާގެ އަދަދު 164.3 މިލިއަން ރުފިޔާ އަށް އަރަ އެވެ.

advertisement

އިންކަމް ސަޕޯޓު އެލަވަންސް ދެނީ އެޕްރީލް މަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ. މި އެލަވަންސް ދެނީ އެކަމަށް ޝަރުތު ހަމަވާ ފަރާތް ތަކަށެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއިއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0