މެޑިފްލެކްސް ލެބޯރޭޓްރީން ކޯވިޑް19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފި

20 ޑިސެމްބަރ 2020 - 13:11

މެޑިފްލެކްސް ލެބޯރޭޓްރީން ކޯވިޑް19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ. މެޑިފްލެކްސް ލެބޯރޭޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ މ. ކޮޓޭޖްގެ ގްރައުންޓް ފްލޯގައެވެ.

މެޑިފްލެކްސްއިން ކޯވިޑް19 އަށް ޓެސްޓްކުރުމަށް ބޭނުންކުރާ ކިޓްތަކަކީ އެމެރިކާގެ އެފްޑީއޭއިން އެޕްރޫވްކޮށްފައިވާ ކިޓްތަކެކެވެ. މީގެއިތުރުން މެޑިފެކްސް ލެބޯރޭޓަރީ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ހެލްތް މިނިސްޓްރީން އެޕްރޫވްވެސްކޮށްފައެވެ.

advertisement

މެޑިފްލެކްސްއިން ފޯރުކޮށްދޭ ކޯވިޑް19 ގެ ނަތީޖާ 12 ގަޑިއިރުގެ ތެރޭގައި ލިބޭނެއެވެ. އަދި އަވަހަށް ނަތީޖާ ބޭނުންވާ ފަރާތްތަކަށް 6 ގަޑިއިރުގެ ތެރޭގައި ލިބޭނެއެވެ. މެޑިފްލެކްސް ލެބޯރޭޓްރީ ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން ރޭގަނޑު 10 އަކަށެވެ. އިތުރު މައުލޫމާތު ބޭނުންވާނަ 3308020 އަށް ގުޅައިގެން ނުވަތަ info@mediflex.mv މެއިލް ކުރުމުންވެސް މައުލޫމާތު ލިބޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0