ކޯވިޑް19 ގެ އައު ވޭރިއަންޓް ރާއްޖެއިން ފެނުމުގެ ފުރުސަތު ބޮޑު

31 ޑިސެމްބަރ 2020 - 16:04

އިނގިރޭސި ވިލާތުން ފެނުނު ކޯވިޑް-19ގެ އައު ބާވަތް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ އިނގިރޭސި ވިލާތުން ފެނުނު ކޯވިޑް-19ގެ އައު ބާވަތް މިހާތަނަށް ދުނިޔޭގެ 21 ޤައަމަކުން ރިޕޯޓްކޮށްފައިވާކަމަށެވެ. އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު މި ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމަކީ ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމެކެވެ. އެހެންކަމުން ބޭރު ޤައުމުތަކުން އަންނަ މީހުން ގައިދުރުމުގެ ފިޔަވަޅުތަކަށް ސަމާލުވުމާއި، މާސްކްއެޅުމަށް ފަރުވާކުޑަކޮށްފިނަމަ ދިވެހިންގެ ތެރޭގައިވެސް މި ބާވަތް ފެތުރުމުގެ ފުރުސަތުވަރަށްބޮޑުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއާ އެންމެ ގާތުން އިންޑިއާއާއި ޕާކިސްތާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުން ކޯވިޑް-19ގެ އައު ބާވަތް ފެނިފައިވާކަމަށާއި، މިބައްޔާގުޅޭގޮތުން ޓެސްޓްތަކާއި އިތުރުކަންކަން ބެލިވަރަކުން އިތުރު ތަންތަނުން ފެނުމުގެ ފުރުސަތު އޮތްކަން ޑރ.ނަޒްލާ މުސްޠަފާ ފާހަގަކުރެއްވިއެވެ.

advertisement

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވެއްޖެނަމަ އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ނޮން-ކޮވިޑް ބަލިތަކަށް ފަރުވާ ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަ ކުރެއްވިއެވެ. ނަޒްލާ ވަނީ ވެކްސިން ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0